ހޫތީން ހިންގާ ކަނޑުފޭރުމުގެ އަމަލުތައް އިތުރުކުރަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 27ސ
ހޫތީން ހިންގާ ކަނޑުފޭރުމުގެ އަމަލުތައް އިތުރުކުރަނީ
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ކުރިއަށް ގެންދާ ކަނޑުފޭރުމުގެ އަމަލުތައް އަދިވެސް ގެންދަނީ އިތުރުކުރަމުންނެވެ.

ހޫތީ ހަނގުރާމަވެރިންގެ 4 އުޅަނދަކުން މިއަދުވެސް ވަނީ 2 ތެޔޮ ޓޭންކަރު ފޭރުމަށް މަސައްކަތްކޮށްފައެވެ. ސައުދީ ކޯލިޝަނުން ވަނީ ވައގެ ހަމަލާދީ ހޫތީންގެ ދެ ބޯޓު ނައްތާލައިފައެވެ. އަނެއް ދެ ބޯޓު ވަނީ ފިލައިފައެވެ.

ޓޭންކަރަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިއަ މަހުވެސް ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީ ޓޭންކަރަކަށް ހަމަލާދީ އަތުލައިގަންނަން މަސައްކަތްކޮށްފައެވެ.
މިއަދު އޮންލައިން