އުތުރު ކޮރެއާގެ ނިޔުކްލިއަރ ޓެސްޓްތައް ކުރާ މައި މަރުކަޒެއް ނައްތައިކުމުގެ އަމަލީ މަސައްކަތް މިއަދު ނޫނީ މާދަމާ ފަށާނެކަމަށް ބުނެފިއެވެ.
މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް ބޭރުގެ ވަރަށް މަދު މީޑިއާ ކޮޅަކަށް ވަނީ ދައުވަތުދީފައެވެ. ދެކުނު ކޮރެއާގެ ނޫސްވެރިންނަށް ދައުވަތު ނުދޭން ކުރިން ނިންމި ނަމަވެސް އެންމެ ފަހު ވަގުތު ވަނީ ދެކުނު ކޮރެއާގެ 8 ނޫސްވެރިއަކަށް ދައުވަތުދީފައެވެ.
ނައްތާލަން މަސައްކަތް ފަށަނީ އުތުރު ކޮރެއައިން ޓެސްޓްކުރި ނިޔުކްލިއަރ 6 ބޮން ވެސް ޓެސްޓްކުރި ޕްނޔޭ-ރީ މަރުކަޒެވެ. މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން ދައުވަތުދިން ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ރަސިއާ، އިނގިރޭސިވިލާތް އަދި ޗައިނާ ހިމެނެއެވެ.