ނިޕާހް ފެތުރޭތީ ކެރަލާ ސްޓޭޓްގެ 4 ސަރަހައްދަކަށް ދަތުރުކުރުން މަނާކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މަލަޕުރަމް، ވަޔަނާޑް، ކައްނޫރު، ކޯޒިކޮޑެ އަށް ފަތުރުވެރިން ދިއުން ރައްކާތެރި ނޫން ކަމަށެވެ. އަދި މިހައިތަނަށް އެންމެ ގިނަ ބަލިމީހުން ފެނިފައިވަނީ ކޯޒިކޮޑެއިންނެވެ. އަނެއް 3 ޑިސްޓްރިކްޓް އަކީ ކޯޒިކޮޑެ އާއި އިންވެގެން އޮންނަ 3 ޑިސްޝޓްރިކްޓެވެ.
ހެލްތް މިނިސްޓްރީން ބުނީ މި 4 ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ދިއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ބަލި ފެތުރުން ވަނީ ކޮންޓްރޯލްކުރެވިފައިކަމަށާއި ބޭނުންވާ ބޭސް ފޮނުވާފައިވާކަމަށްވެސް ބުނެއެވެ.
މިބަލީގައި މިހައިތަނަށް މަރުވި މީހުންގެ އަދަދަކީ 11 ކަމަށްވެސް ބުނެއެވެ.