އިންޑިއާ މުސްލިމަކު 8 އަހަރުގެ ހިންދޫ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ރޯދަ ދޫކޮށްލައި ލޭ ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިންޑިއާ މުސްލިމަކު 8 އަހަރުގެ ހިންދޫ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ރޯދަ ދޫކޮށްލައި ލޭ ހަދިޔާކޮށްފި
އިންޑިއާ މުސްލިމަކު 8 އަހަރުގެ ހިންދޫ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ރޯދަ ދޫކޮށްލައި ލޭ ހަދިޔާކޮ

ހޮސްޕިޓަލުގައި ފަރުވާދެމުން ދިއަ ކުއްޖާގެ ހާލު ސިރިއަސްވެ ބްލަޑްބޭންކް ބެލިއިރު އޭނާއަށް ބޭނުންވާ ލޭ ވަނީ ހުސްވެފައެވެ. އެވަގުތު ހޮސްޕިޓަލުގައި ތިބި ލޭ ހަދިޔާ ކުރަން ބޭނުން މީހުންގެ ލޭ ޓެސްޓްކުރިއިރު ދިމައެއް ނުވެއެވެ.

ޑޮކްޓަރުންނާއި ކުއްޖާގެ ބެލެނިވެރިން ކަންބޮޑުވެގެން ތެޅި ފޮޅޭތަން ފެނުމުން މުސްލިމް ޒުވާނާއަށް ކެތް ނުކުރެވިގެން ގޮސް ރޯދަ ދޫކޮށްލައި ލޭ ހަދިޔާކުރީއެވެ.

ޒުވާނާ ބުނީ އޭނާގެ ނިޔަތް މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށާއި ދީނީ އިލްމުވެރިން ދެއްވާ އިރުޝާދެއްގެދަށުން ރޯދަ ޤަޟާކުރާނެ ކަމަށެވެ.

"އަހަރެން ރޯދަ ދޫކޮށްލީ ޤަޞްދުގަ. އަހަރެންގެ ހާލު ބޮޑުވެގެނެއް ވެސް ނޫން. އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން ގޮތެއް އެވަގުތު ނެތުމުން އެގޮތަށް ކަންތައް ކުރަންޖެހުނީ. އެހެންވީމާ ދީނީ އިލްމުވެރިންގެ އިރުޝާދު ހޯދައިގެން ރޯދަ ޤަޟާކުރާނަން."

ހިންދޫ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން މުސްލިމަކު ރޯދަ ދޫކޮށްލުމުން އެއްބައަކު ތައުރީފް ކުރަމުން ގެންދާއިރު އަނެއް ބައަކު ގެންދަނީ ފާޑުކިޔަމުންނެވެ.
މިއަދު އޮންލައިން