"އަހަރެމެން މަގު ފުރެއްދީ ބައްޕަ ދިން ފޯނާ އަންލިމިޓެޑް ޕެކޭޖް": 5 ދަރިވަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
"އަހަރެމެން މަގު ފުރެއްދީ ބައްޕަ ދިން ފޯނާ އަންލިމިޓެޑް ޕެކޭޖް": 5 ދަރިވަރުން
ފުލުހުންނަށް ރޭ އިރާކޮޅު ލިބުނު ފޯނުކޯލަކާއި ގުޅިގެން އަންދްރަ ޕްރަދޭޝްގެ އަވަށެއްގެ ސަރަހައްދަށް ދިއައިރު ކަމަކުދާކަށް ނެތެވެ. އަވަށުގެ 5 ގެއަކުން 5 ފިރިހެން ކުދިން ދަމާ ނެރެ ލަޓިބުރިތަކުން ތަޅަމުން ގެންދަނީ އެވެ.

އަވަށުގެ މީހުން ބުނީ އަވަށުގެ 11 އަހަރުގެ އަންހެންކުއްޖަކަށް މި 5 ކުދިންވެގެން ޖިންސީ ގޯނާކުރާތާ 2 މަސް ދުވަސްވެއްޖެ ކަމަށެވެ. އެއްވެސް މީހެއްގެ ގާތު ބުނެފިނަމަ މާ ބޮޑުވަރު ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން ބުނަން ނުކެރި ހުރުމަށްފަހު ތަދުވާވަރުން ކެތް ނުކުރެވިގެން މަންމައަށް ކިޔައިދިނީ ކަމަށެވެ.

ފުލުހުންނަށް ބާރުގެ ބޭނުންކޮށްގެން މީހުން ދުރުކުރެވުނު އިރު އެއް ކުއްޖެއްގެ އަނގައި ހޯސްލާފައި ލޭފައިބައެވެ. އަވަށުގެ މީހުން ބުނީ ފުލުހުންނަށް 5 ކުދިން ގެންދެވިދާނެ ކަމަށާއި ނަމަވެސް އެ ކުދިންނަށްވެސް އަދި ޢާއިލާތަކުގެ ވެރިންނަށްވެސް އަވަށުގައި ދިރިއުޅެވޭނީ އަނިޔާ ލިބުނު އަންހެން ކުއްޖާ "އިހު ހުރި ގޮތަށް ހަދައި ދިނުމަށްފަހު" ކަމަށެވެ. "ނިކަން މަގު މައްޗަށް ނުކުމެ ބަލަ. ހަމަ މި ލަޓިބުރިތަކުން ތަޅާ މަރާނީ. މިއީ ފުލުހުންނާ ބެހޭ ކަމެއް ނޫން. ސަރުކާރާ ވެސް ބެހޭ ކަމެއް ނޫން. ކޮންމެ ދުވަހަކު އެތައް ބައިވަރު ކަންކަން ހިނގަމުން މިދަނީ ފުލުހުންނާ، އަދި ސަރުކާރާވެސް ނުބެހޭތީ. ބެހޭނަމަ އޮންނާނީ ހުއްޓުވާފަ. މިއީ އަހަރެމެންގެ އަވަށް. ވެރިންނަކީ އަހަރެމެން." ކަމަށް ރައްޔިތުން ބުނެފައިވެއެވެ.

މިކުދިންނަކީ ގްރޭޑް 6 އާއި 11 އާއި ދެމެދުގެ ކުދިންނެވެ. އެކުދިން ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ އެކުދިން މަގު ފުރެއްދީ ބައްޕަ ގަނެދިން ސްމާޓް ފޯނާ އަންލިމިޓެޑް ޕެކޭޖް ކަމަށެވެ. އަދި މިހާރު ތިބީ ޖިންސީ ގުޅުން ހިންގަން ދެވިހިފާފައި ކަމަށެވެ.
މިއަދު އޮންލައިން