ރޭލްވޭ ސްޓޭޝަނުގެ ފާޚާނާ ނެތިގެން ފާޚާނާ ކުރަން ބޭރަށް ނުކުތް އަންހެނަކު ރޭޕްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ރޭލްވޭ ސްޓޭޝަނުގެ ފާޚާނާ ނެތިގެން ފާޚާނާ ކުރަން ބޭރަށް ނުކުތް އަންހެނަކު ރޭޕްކޮށްފި
ރޭލްވޭ ސްޓޭޝަނުގައި ފާޚާނާ ނެތިގެން ފާޚާނާ ކުރަން ބޭރަށް ނުކުތް އަންހެނަކު 3 ފިރިހެނުން ވެގެން ރޭޕްކޮށްފިއެވެ. ރޭ މެންދަމު މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކޮލްކަޓާގެ ފަޤީރު ސަރަހެއްދެއްގައެވެ.

ފުލުހުން ބުނީ އަންހެން މީހާ ރޯއަޑަށް މީހުން ގޮސް ސަލާމަތްކޮށް 3 ޒުވާނަކު ހިފަހައްޓައި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. "އަންހެން މީހާ ދިއައީ މެޑިކަލް ކޮލެޖުގެ އޮތް ޢާއިލީ މީހަކަށް ގޮވާލަން. އަވަށަށް ދާން އުޅުމުގެތެރޭގައި ރޭލު އާދޭތޯ މަޑުކޮށްގެން ހުއްޓާ މިކަން މެދުވެރިވީ."

އިންޑިއާގައި ހިންގާ ރޭޕްކުރުމުގެ ގިނަ ހާދިސާތައް ހިންގަނީ ފާޚާނާކުރަން ޖަންގަލި ސަރަހައްދަށް ދާ ވަގުތު އަތުލައިގަނެގެންކަން ޚަބަރުތަކުން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން