ފަސޭހަކަމާއެކު ބޭނުން ތަނެއްގައި، ބޭނުން ވަގުތަކު މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މިފަހަރު ޗެމްޕިއަންސް ލީގް ފައިނަލް މެޗް ދިރަގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި ދިރާގު ޓީވީ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއަކާއި ނުލައި ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވީހިނދު ޗެމްޕިއަންސް ލީގަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގު ކަމަށާއި އެހެން ކަމުން ދިރާގު ޓީވީ އެޕުން މިފަހަރުގެ ޗެމްޕިއަންސް ލީގް ފައިންލް މެޗް ފަސޭހަކަމާއެކު ބަލާލެވޭނެ ކމަށެވެ. ގޭގެ ޓިވީގައި އެހެން އެއްޗެއް ބަލަމުން ދިޔަކަމުގައިވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނުކަމުގައިވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެކަމަށްވެސް ބުނެފއިވެއެވެ.
ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ.
މިގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެއެވެ.
މީގެ އިތުރުން،ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެ ތާކު ހުރިކަމުގައިވިޔަސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. މިގޮތުން ރާއްޖެއިންބޭރުގައި އުޅުއްވާ ފަރާތްތަކާއި، ދިރާގު ޓީވީ ޚިދުމަތް ބައްލަވާގެންފައިނުވާ ފަރާތްތަކަށް ދިރާގު ޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް "play" ޖެއްސެވުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލާލެވޭނެއެވެ.
ދިރާގު ޓީވީ އަކީ އައިޕީޓީވީ ހިދުމަތެއްކަމުން ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއްގައިދިރާގުޓީވީ އެޕް ބޭނުންކުރުމުން އިތުރު އެއްވެސް އިންޓަނެޓް ހަރަދެއް ނުހިނގާނެއެވެ. އަދި މީގެ އިތުރުން ގޭގެ އިންޓަނެޓް ޕެކެޖަށް ކަނޑައެޅިފައިވާ ޔޫސޭޖް އެލަވަންސްއަށްވެސް އަސަރެއްނުކުރާނެއެވެ. އެހެންކަމުން ގޭގައި ވައިފައި މެދުވެރިކޮށް މޯބައިލް ޑިވައިސުން ޓީވީ ކިތަންމެ ވަރަކަށްވެސް ބަލާލެވޭނެއެވެ.ހަމަ އެއާއެކު، މޯބައިލް ޑޭޓާ މެދުވެރިކޮށްވެސް ދިރާގު ޓީވީ އެޕް ބޭނުންކުރެވޭނެއެވެ.
ދިރާގުޓީވީ ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭސްޓޯރ އިން ހިލޭޑައުންލޯޑް ކުރެވޭނެއެވެ.