2 އަންހެނަކު ރޭޕްކުރި މައްސަލައެއްގައި އެމެރިކާގެ ފިލްމް އުފައްދާ މަޝްހޫރު މީހެއް ކަމަށްވާ ހާވޭ ވެއިންސްޓެއިންގެ އަތުގައި އޭނާ އުޅޭތަނާއި ކުރާ ކަންކަން ބެލޭނެ އުޅާ އަޅުވައިފި އެވެ. މީގެ އިތުރުން ޝަރީޢަތް ނިމެންދެން މިނިވަނެއްގެ ގޮތުގައި ހުރުމަށް ކަފާލަތުގެ ގޮތުގައި ވަނީ 1 މިލިއަން ޑޮލަރު އަތުލައިފިއެވެ.
މި ދެ މައްސަލައިގައި އަނިޔާ ލިބުނު 2 އަންހެނުންނަށް ފުރިހަމަ ހިމާޔަތްދީ ބަލަހައްޓަން ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ.
ކޯޓުގައި ހާވޭގެ ވަކީލުން އޭނާގެ ދިފާއުގައި ދެއްކި ވާހަތަކަށް ރައްދުދެމުން ކޯޓުން ބުނެފައިވަނީ ޝަރީއަތް ކުރިއަށް ގެންދާއިރު ދިފާޢުވުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި ކޯޓުން އަޅަންޖެހޭ ފިޔަވަޅު ވަކީލުންނަށް ނުއެނގޭނެ ކަމަށެވެ.
އެމެރިކާފަދަ ޤައުމުތަކުގައި ރޭޕްކުރާ މީހުންނަށް މިފަދަ ފިޔަވަޅުތައް އަޅަނީ ކުށުގެ ބާވަތައް ބަލައި އެފަދަ ކަމެއް އިތުރަށް ކުރުމުގެ ފުރުޞަތު ނުދިނުމަށެވެ.