އުފެދުމުގައި ހުރި ގޮތަކުން އެހެން ކުދިން އޭނާއާއި ދިމާލަށްކިއީ "ރެބިޓް ބޯއީ"

ކިޔުމަށް ހޭދަވާނީ 1މ 35ސ
 އުފެދުމުގައި ހުރި ގޮތަކުން އެހެން ކުދިން އޭނާއާއި ދިމާލަށްކިއީ "ރެބިޓް ބޯއީ"
ތަފާތު އެކި ނަންނަމުން ކުދިންނާއި ދިމާލަށް ގޮވުމަކީ ގިނަ ކުޑަކުދިންގެ ކިބައިގައި އަށަގެންފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. މަޖަލަކަށް ކުރާ މިފަދަ ކަންކަން ފަހުން ބަދަލުވެގެން ދަނީ ހަނގާ ކުރުމަށެވެ.

ހަނގާ ކުރުމުގެ ސަބަބުން އެކަމުގެ އަސަރު އެކުދިންގެ އިތުރުން، އެކުދިންގެ މައިންބަފައިންނަށް ވެސް ކުރެއެވެ. ހަނގާ ކުރުމުން ދަރިން ސަލާމަތް ކުރާނީ ކިހިނެއްތޯ، މިއީ އެފަދަ މައިންބަފައިން ކުރާ އެންމެ ބޮޑު އެއް ފިކުރެވެ.

ނިއު ޒިލެންޑް ގެ އީވާން ހިލް އަކީ ހަނގާ ކުރުމުގެ ޝިލާރައަކަށް ގިނަ އަހަރުތަކެއް ވަންދެންވި ކުއްޖެކެވެ.

އުފެދުނުއިރު މަތީ ދަތްޕިލައިގެ މެދު ދެ ދަތް މާބޮޑުވެ، ބޭރަށް ނިކުމެފައި ހުރުމުގެ ސަބަބުން އޭނާ އާއި ދިމާލަށް އެހެން ކުދިންކިއީ "ރެބިޓް ބޯއީ" އެވެ.

ކްލާސްކުދިންގެ އެ ދުއްތުރާތަކުން އީވާން ސަލާމަތް ކޮށްދިނުމަށް އޭނާގެ މައިންބަފައިން ވަރަށް މަސައްކަތް ކުރިއެވެ.

އެގޮތުން އީވާންގެ ދަތްޕިލައިގެ ސަރޖެރީއެއް ހެދުމަށް ފައިސާ ރައްކާ ކުރަން ފެށިއެވެ. ނަމަވެސް އީވާންގެ ޑެންޓިސްޓާއި ވާހަކަ ދެއްކުމަށްފަހު، އެއީ ވަރަށް ގިނަ ފައިސާ ބޭނުންވާނެ ކަމެއްކަމާއި ގޭގެ ޚަރަދުތައް ބަލަހައްޓަމުން އެވަރަށް ފައިސާ ރައްކާ ނުކުރެވޭނެކަން އީވާންގެ މައިންބަފައިންނަށް ވެސް ވިސްނުނެވެ.

ނަމަވެސް އީވާންގެ މައިންބަފައިން ނިންމީ އެމީހުންގެ ގެ ވިއްކާލައިގެން ނަމަވެސް އެސަރޖެރީ ހެދުމަށެވެ.

އީވާންއަށް އެހީތެރިވުމަށް އޭނާގެ މައިންބަފައިން ކުރަމުންދާ މަސައްކަތް ފެނިފައި އެމީހުން ދިރިއުޅެމުން ދިޔަ އަވަށުގެ މީހުން، އެއާއިލާއަށް އެހީތެރިވާން ނިންމިއެވެ.

އެގޮތުން އަވަށު އެންމެން ކޮންމެވެސް ވަރަކަށް ފައިސާ ހަދިޔާ ކޮށްގެން، އީވާން ގެ ސަރޖެރީއަށް ބޭނުންވާ ދެ މިލިއަން ޑޮލަރު ހަމަކޮށް، އޭނާގެ އޮޕަރޭޝަން ކުރިއެވެ.

މިހާރު އީވާން ގެ ގިނަ ރައްޓެހިން ތިބިނަމަވެސް، އޭނާ ގިނައިން އުޅެނީ އޭނާއާއި އެކު ކުރިން ވެސް އުޅުނު ކުދިންނާއިއެކުއެވެ.

މިއަދު އޮންލައިން