ހަޤީޤީ ބަޠޮލުންނަކީ އިންސާފު ޤާއިމުކޮށް އެންމެންގެ މެދުގައި ހަމަހަމަ އުޞޫލުތައް ޤާއިމުކުރާ މީހުން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
އޮބާމާ ވިދާޅުވީ ޤައުމީ ބަޠޮލުންނަށް އަދާކުރަންޖެހޭ ޝުކުރު އަދާކޮށް ދުވަހަކުވެސް ނުނިމޭނެ ކަމަށެވެ. ބަޠޮލުންގެ ޛިކުރާ އައުކުރާއިރު މީސްތަކުން އެބައަކަށް އެންމެ އިޙްތިރާމްކުރާނީ އެބައަކު ޤައުމަށްޓަކައި ވެފައިވާ ޤްރްބާނީއަކީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ވެފައިވާ ޤްރްބާނީއެއް ނަމަ ކަމަށެވެ.
އޮބާމާ ވިދާޅުވީ އެމެރިކާއަށް ބެލި ނަމަވެސް ބަޠޮލުންނަށް ރައްޔިތުން އިޙްތިރާމްކުރަނީ އެމީހަކު މުޅި މުޖުތަމައުއަށް އަދި މުޅި ޤައުމަށާއި ރައްޔިތުންގެ ޙައްޤުގައި ކަންކަން ކޮށްފައިވާ މިންވަރަށް ބަލައިގެންކަމަށެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބެނީ އެމީހެއްގެ ކިބައިގައި އަދުލުވެރިކަމާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު އިންޞާފުން ކަންކަން ކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށެވެ.
އޮބާމާގެ މިވާހަކަފުޅަށް ބަލައިފިނަމަ މިއީ އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސްކަންވެސް ފާހަގަކުރެވެއެވެ.