ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގަ އެލިފަ އޮތް ކުޑަކުއްޖަކު ސަލާމަތްކުރި މާލީގެ ސްޕައިޑަމޭނަށް ފަރަންސޭސި ރައީސް ބޮޑު އިނާޔަތެއް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގަ އެލިފަ އޮތް ކުޑަކުއްޖަކު ސަލާމަތްކުރި މާލީގެ ސްޕައިޑަމޭނަށް ފަރަންސޭސި ރައީސް ބޮޑު އިނާޔަތެއް ދެއްވައިފި
އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގަ އެލިފަ އޮތް ކުޑަކުއްޖަކު ސަލާމަތްކުރި މީހަކަށް ފަރަންސޭސި ރައީސް ބޮޑު އިނާޔަތެއް ދެއްވައިފިއެވެ.

ޕެރިސްގައި ހިނގި މިހާދިސާގެ މަންޒަރު ބަލަން ހުރި މީހަކު މަންޒަރު ވީޑިއޯ ކުރުމަށްފަހު ހާމަކުރީ މާލީގެ ސްޕައިޑަރމޭން ކުޑަކުއްޖަކު ސަލާމަތްކޮށްފި ކަމަށް ބުނެއެވެ. ވީޑިއޯ ކްލިޕް ފަންސޭސި ރައީސް މެކްރޮންގެ ސަމާލުކަމަށް ދިއުމުން މެކްރޮން ވަނީ އުމުރުން 22 އަހަރުގެ މާލީގެ ޒުވާނާ ގަނޑުވަރަށް ގެންނަވައި ބައްދަލުކުރައްވައިފައެވެ.




މެކްރޮން ވިދާޅުވީ އޭނާގެ ހުޝިޔާރުކަމުން ނޫންނަމަ އެ ކުއްޖާގެ ކަންކަން ވެގެންދާނީ ކިހިނެއްކަން ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. މެކްރޮން ވަނީ އޭނާއަށް އެ ޤައުމެއްގެ ރައްޔިތެއްކަން ދެއްވައިފައެވެ. އަދި އަލިފާން ނިއްވަން މަސައްކަތްކުރާ ސިފައިންގެ ތެރެއިން ވަޒީފާއެއްވެސް ފަހިކޮށްދެއްވައިފައެވެ.

ގަސާމާ ބުނީ ކުއްޖާ ބެލްކަނީގައި އެލިފައި އޮތް މަންޒަރު ފެނުމުން ކެތް ނުކުރެވުނީ ކަމަށާއި އެ ހިސާބަށް އަރަން ކުރި މަސައްކަތުގައި އޭނާގެ އަތްފައަށް ބާރުލިބުނު ގޮތް ވެސް އޭނާއަށް ނުއެނގުނު ކަމަށެވެ.

މިއަދު އޮންލައިން