ފުއްޕާހަމާ އެއްފަހަރު ބޭނުންކޮށްފަ އެއްލާލަންޖެހޭ ޕްލާސްޓިކްގ ބާވަތްތައް އެތެރެކުރުން މަނާކުރުމުގެ ބިލެއް އީޔޫ އަށް ހުށަހަޅައިފިއެވެ.
މި ބިލުގެދަށުން މަނާކުރަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާ އެއްފަހަރު ބޭނުންކުރާ ޑްރިންކް ބޯ ހޮޅި އާއި ކަންފަތް ސާފުކުރާ ކަފަބުރާއި ޕާޓީ ތަށްޓާއި އުލާއި ސަމުސާ ފދަ ތަކެތިވެސް ހިމެނެއެވެ.
އީޔޫ ކޮމިޝަނުން ބުނެފައިވަނީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށާއި ރިސައިކަލްކުރަންޖެހޭ ކުނިބުނި މަދުކުރަންޖެހޭ ކަމަށާއި 2025 އަންނައިރު އެކަންކަން ފުރިހަމަކުރެވިފައި އޮންނަން ޖެހޭނެ ކަމަށެވެ.
އީޔޫ ކޮމިޝަނުން ބުނެފައިވަނީ ތިމާވެށީގެ މައްސަލަތައް ޙައްލުކުރެވޭނީ އެކަމަށް އަމަލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ހަމަ އެކަނި ވާހަކަ ދެއްކުމަކުން އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭނެ ކަމަށެވެ.
ރާއްޖެއަކީވެސް ތިމާވެށީގެ މައްސަލަތަކުގައި އެންމެ ބާރަށް އަޑު އުފުލާ އެއް ޤައުމެވެ. ނަމަވެސް ޑިޔުޓީ ބޮޑުކުރުން ނޫން ކަމެއް ކުރެވޭތަނެއް ނުފެނެއެވެ.