އަޅުން މިނިވަންކުރުމަކީ އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް މިނިވަން ކުރާނެ އަޅުން ނުލިބުމުން ޖަލުން މީހުން މިނިވަންކުރަން ދުބާއީގެ މަހުޖަނަކު 100،000 ދިރުހަމް ހަދިޔާކޮށްފިއެވެ.
މިއެހީގެ ދަށުން ޚަރަދުކުރާނީ ޖަލު ބަންދުގެ މުއްދަތު ހަމަވުމުންވެސް އެމީހުންގެ އަތުގައި އެއާ ޓިކެޓް ގަނެވޭނެ ފަދައެއް ނެތުމުން އަނބުރާ ޤައުމަށް ނުދެވ ތިބި މީހުން އަނބުރާ ޤައުމަށް ފޮނުވައިދިނުމަށެވެ.
ދުބާއީ ފުލުހުންގެ ހިޔުމަން ރައިޓްސް ޑިރެކްޓަރ، ބްރިގޭޑިއަރ މުޙައްމަދު ޢަބްދުﷲ އަލްމުއްރު ވަނީ މިފައިސާ ބޭނުންކޮށްގެން ވަރަށް ގިނަ ބައަކު ޖަލުން ނެރެ ޤައުމަށް އަނބުރާ ފޮނުވައިލެވޭނެކަން ފާހަގަކުރައްވައި އެހީ ދިން ފަރާތަށް ޝުކުރު އަދާކޮށްފައެވެ.