ސައުދީ ވަލީއަހްދު، "ވެރިކަމަށް ވަޑައިގަތުމަށް އޮތް ހުރަހަކީ މަރުވުން" ކަމަށް ވިދާޅުވެފައިވާ މުޙައްމަދު ބިން ސަލްމާންގެ ހަށިކޮޅަށް ވަޒަންއަރާފައިވާ ކަމަށް އޭއެފްޕީ ވެސް ހިމެނޭ ގޮތުން ބޭރުގެ ބައެއް ބޮޑެތި މީޑިއާތަކުން ހާމަކުރަން ފަށައިފިއެވެ.
ގަނޑުވަރުގެ ބައެއް ޚާދިމުންނާއި ހަވާލާދީ ލިބެމުން އަންނަ މައުލޫމާތަށްބަލާއިރު މުޙައްމަދު ބިން ސަލްމާންގެ ހަށިކޮޅަށް ހަމަލާތައް އެރީ ހަތިޔާރު ހިފައިގެން ތިބި ބައަކު ގަނޑުވަރަށް ދިން ހަމަލާތަކުގައެވެ.
މިހަމަލާތަކުގެ ފަހަތުގައި 2 ސަބަބެއްވާކަމަށް ދަނީ ތުހުމަތުކުރެވެމުންނެވެ. އެގޮތުން އެއް ބައަކު ތުހުމަތު ކުރަނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ކަމަށްވުނެ ދާދިފަހުން ހައްޔަރުކުރި ސައުދީ މަހުޖަނުންތައް ދިން އިންޒާރެއްގެ ގޮތުގައެވެ.
އަނެއް ބައަކު ތުހުމަތުކުރަނީ ސައުދިއަރަބިޔާއިން އިޒްރޭލާ ގުޅުން ބަދަހިކޮށް އިސްލާމް ދީނާއި ދުރު ޘަޤާފަތްތައް ތަޢާރަފްކޮށް އެމެރިކާ އާއި ހުޅަނގުގެ އުޞޫލުތަކަށް ސައުދިއަރަބިޔާގައި ކަންކަން ކުރަން ފެށުމުން ދިން އިންޒާރެއްގެ ގޮތުގައެވެ.
މީޑިއާތަކަށް މުޙައްމަދު ބިން ސަލްމާންެ ނުފެންނަތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. ހާލުކޮޅު ރަނގަޅުވަމުން އައިސް މިހާރު ހިންގަވައި އުޅުއްވޭ ކަމަށާއި އެއްވެސް އަނިޔާއެއް ލިބިވަޑައިނުގަންނަވާކަން ދެއްކެވުމަށް މީޑިއާ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ.
ގަނޑުވަރު މައްޗަށް ޑްރޯނެއް އެރީއޭ، ޙަމަލާދިނީ ޑްރޯން ވައްޓައިލުމަށޭ، އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބެއޭ ކިޔައިގެން ފެތުރި ޚަބަރުތައް އިތުބާރު ކުރެވޭ ފަރާތްތަކުން މިހާރު ދަނީ ދޮގުކުރަމުންނެވެ.
ދީފާނެ ހަމަލާތަކަށް ފޮރުވުމަށްޓަކައި ސަލްމާން ރަސްގެފާނު ވެސް މިހާރު ވަނީ ސިއްރު ތަނެއްގައި ފޮރުވާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
http://www.presstv.com/Detail/2018/05/27/563095/Bin-Salman-Saudi-Arabia