ރައްޔިތުންގެ މަޖިލިސް ކިޔުމާ ޕާލަމެންޓް ކިޔުމުގެ ތަފާތު: ކޮރަޕްޝަން މައްސަލަތަކަކާ ގުޅިގެން ސްޕޭންގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ރައްޔިތުންގެ މަޖިލިސް ކިޔުމާ ޕާލަމެންޓް ކިޔުމުގެ ތަފާތު: ކޮރަޕްޝަން މައްސަލަތަކަކާ ގުޅިގެން ސްޕޭންގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި
ކޮރަޕްޝަން މައްސަލަތަކަކާއި ގުޅިގެން ސްޕޭންގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފިއެވެ. ބޮޑުވަޒީރު މަރިއާނޯ ރަޖޯއި މަޤާމުން ދުރުކުރީ އެޤައުމުގެ ޕާލަމެންޓުންނެވެ.

މިއީ 1977 ވަނަ އަހަރު އަމަލުކުރަންފެށި ޤާނޫނު އަސާސީގެ ދަށުން ބޭރުކޮށްލި ފުރަތަމަ ބޮޑުވަޒީރެވެ. ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕާލަމެންޓުގެ 180 މެންބަރުން އެކުގައި ވަނީ ވޯޓުދީފައެވެ.

އެވަރުންވެސް ރަޖޯއި ބުނީ އޭނާ ވެރިކަމާއި ހަވާލުވިއިރަށްވުރެ ޤައުމުގެ ހާލަތު މިހާރު ރަނގަޅުވާނެ ކަމަށެވެ. އައު ބޮޑުވަޒީރު ސެންޝޭޒްގެ ވެރިކަމުގައިވެސް އިތުރަށް ކަންތައްތައް ރަނގަޅުވާނެ ކަމަށް އުންމީދުކުރާނެ ކަމަށެވެ.

ދުނިޔޭގެ ޤައުމުތަކުން ފެންނަމުން މިދަނީ ރައްޔިތުންގެ މަޖިލިސް ކިޔުމާއި ޕާލަމެންޓް ކިޔުމުގެ ތަފާތުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން