އިޒްރޭލާއި ދެކޮޅަށް މިއަދު ކުރިއަށް ގެންދިއަ މުޒާހަރާގައި އަނިޔާވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރި ނަރުހެއްގެ މެއަށް ޔަހޫދީ ސިފައިން ބަޑިޖަހާ ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އުމުރުން 21 އަހަރުގެ ޕެރެމެޑިކް ނަރުސ، ރަޒަން އަލް ނައްޖާރުގެ މެއަށް ބަޑިޖެހީ ނަރުހުންގެ ޔުނިފޯމް، ހުދުހެދުމުގައި ދެއަތް މައްޗަށް ނަގައިގެން ހުއްޓައެވެ. އެއިރު އޭނާ ދިއައީ އަނިޔާ ލިބިގެން ވެއްޓިފައި އޮތް ޒުވާނަކަށް ފަރުވާ ދިނުމަށް ދުވަމުންނެވެ.
އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވީނަމަވެސް އެމެރިކާއިން ބުނެފައިވަނީ އިޒްރޭލާއި ދެކޮޅަށް ކުވައިތު އިސްވެ އޮވެ އދ އަށް ހުށަހަޅާ ޤަރާރު ވީޓޯ ކުރާނެ ކަމަށެވެ.