އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ "އެހެން ގައުމުތަކާއި ޚިލާފަށް، "ކޮފީއަކަށް ދިއުން" ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް. އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް މި ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށްލަން، ވަރަށްވެސް ތަފާތު ފުރުސަތެއް. މި އުފެއްދުންތެރި އަދި ބޭނުންކުރަން މަޖާ ޚިދުމަތް މެދުވެރިކޮށް، ކޮފީ އެއް، ކާއެއްޗެއް ނުވަތަ އައިސްކްރީމް އެއްވެސް ހަދިޔާކޮށްލެވޭނެ. ޓެކްސްޓް އަ ކޮފީ އަށް ކުރިންވެސް ވަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް މި ތައާރަފްކުރި އަޕްޓޭޑްތަކާއި އެކު، ކަސްޓަމަރުންނަށް މި ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ'' ކަމަށެވެ.
މައި އުރީދޫ އެޕް އަދި ޓެކްސްޓް އަ ކޮފީ ގެ ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށް، މިހާރު އުރީދޫ ކަސްޓަމަރުންނަށް ގިނަގުނަ ހަދިޔާތައް ފޮނުވޭނެއެވެ. އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި ޚިދުމަތަށް، މޮބައިލް އެކައުންޓް މެދުވެރިކޮށް ކުރިއާއި އެއްގޮތަށް ވަރަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެއެވެ.
އަލަށް ތައާރަފްކޮށްފައިވާ ޓެކްސްޓް އަ ކޮފީ މެނިއުގައި، ކެފޭ ލަޔާ، ދަ ސޭންޑްވިޗް ބާ އަދީ މޫވްއެންޑް ޕިކް ހިމެނިފައިވެއެވެ.
ޓެކްސް އަ ކޮފީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް ހަދިޔާ ކޮށްލެވޭނެއެވެ. ހަދިޔާކޮށްލުމާއި އެކު، ހަދިޔާ ލިބިގެންދާ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް، ހަދިޔާގެ މައުލޫމާތާއި ޓްރާންސެކްޝަން ކޯޑެއް ހިމެނޭ ކޮންފަމޭޝަން މެސެޖެއް ލިބިގެންދާނެއެވެ. މިގޮތުން، ހަދިޔާ ލިބިގަތުމަށް، ކެފޭ ނުވަތަ ރެސްޓޯރަންޓަށް ވަޑައިގަންނަވައި ޓްރާންސެކްޝަން ކޯޑް ހިއްސާކޮށްލައްވާށެވެ.
ޓެކްސްޓް އަ ކޮފީ އާއި ބެހޭގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް www.ooredoo.mv އިން ލިބިވަޑައިގަންނަވާނެއެވެ.