ނަރުހުންގެ ހުދު ހެދުމުގައި ހުރެ ޒަޚަމްވެ ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދޭން ދުވަނިކޮށް އިޒްރޭލު ސިފައިން މެއަށް ބަޑިޖަހައި އިއްޔެ ޝަހީދުކޮށްލި ރަޒާންގެ ޖަނާޒާގައި މިއަދު އެތައް ހާސް މީހުން ބައިވެރިވި ނަމަވެސް މުޒާހަރާކުރަން މިއަދު ދިއައީ މަދު އަދަދެއްގެ ބައެކެވެ.
ހެބްރޮން ކައިރީ އަވަށެއްގައި ދިރިއުޅޭ ފަލަސްޠީނު މީހަކު މިއަދު ވަނީ އޭނާ ދުއްވާ ޓްރެކްޓަރުން ޔަހޫދީ ސިފައިންގެ އޮފިސަރެއްގެގައިގައި ޖައްސަންވެސް މަސައްކަތްކޮށްފައެވެ. އޭނާގެ ގައަށް ވެސް ވަނީ ބަޑިޖަހައި ޝަހީދުކޮށްލައިފައެވެ.
އެމެރިކާގެ ތާއީދުން ހިއްވަރު އިތުރުވެފައިވާ ޔަހޫދީ ސިފައިން ފަލަސްޠީނު ރައްޔިތުންގެ ގެއަށް ޖެހުމަކީ މިހާރު ޢާންމު ކަމެއް ނަމަވެސް އެކަން ހުއްޓުވަން އެއްވެސް ކަމެއް ކުރެވޭނެ އެއްވެސް ފަރާތެއް ވަނީ ނެތިފައެވެ.