ދަތުރު ފެށުމުގެ ކުރިން ރޭލްވޭ ސްޓޭޝަނާއި ރޭލު ވަނީ ފަސިންޖަރުންނަށް ދައްކައިލައިފައެވެ. ރޭލުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ މައްކާއިން މަދީނާ އަށެވެ.
ރޭލުގެ ދަތުރުތައް ފެށުމުން ހައްޖަށާއި އުމުރާއަށް ދާ މީހުންނަށް ދަތުރުތަކުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވުމުން ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ.