ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އިނގިރޭސި ބޮޑުވަޒީރު މޭ އާއި މަޝްވަރާކުރައްވައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވީ އިއްޔެ އެވެ.
ސައުދީ ގަނޑުވަރުން ބުނެފައިވަނީ ދެ ބޭފުޅުންވެސް ވާހަކަފުޅު ދައްކަވާފައިވަނީ ޔަމަނުގެ މައްސަލައިގައި ކަމަށެވެ. ޔަމަނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ފެންނަންދެން އިނގިރޭސިވިލާތުން އެއްބާރުލުން ދީ ސައުދީ ކޯލިޝަނަށް އެހީތެރިވެދޭނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބުނި ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާޟްގައި ހުންނަ ރަސްމީ ގަނޑުވަރަށް ބައަކު ވަދެ ބަޑިން ހަމަލާދިން ފަހުން އެއްވެސް ތަނަކުން މުޙައްމަދު ބިން ސަލްމާން ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުން އެމަނިކުފާނުގެ ހަށިކޮޅަށް އެ ހާދިސާގައި ވަޒަން އަރާފައިވާތީ ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.