އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޔުނިވަރސިޓީއެއްގައި ދީނީ ނަޞޭޙަތް ދެއްވުމަށް ޤައުމުގެ ސަރަހައްދުތަކުން ޖަމާވި ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 7 މީހުން ޝަހީދުވެ ގިނަ ބައަކު ޒަޚަމްވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖާނުން ފިދާވެގެން މީހަކު ހަމަލާ ދިނީ ދަރުސް އަކާއި މަޝްވަރާ ބައްދަލުވުމެއް ނިންމާލާފައި ނުކުތް ވަގުތުއެވެ.
މިހާދިސާގައި އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގެއްލުމެއް ލިބިވަޑައިގެންނެވިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަފްޣާނިސްތާނުގައި ދެމުން ގެންދާ ހަމަލާތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. އައިއެސްގެ ބާރެއް މިހާރު ނެތް ކަމަށް ބުނި ނަމަވެސް އެކަން އަމަލުން ފެންނަ ގޮތެއް ނުވެއެވެ.