މިފަދަ މައްސަލަތަކާއި ގުޅިގެން ބޮޑުވަޒީރު ހާނީ އަލްމުލްކީ އާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުން އޭނާއަށް މަޖުބޫރުވެގެން މިހާރު ވަނީ އިސްތިއުފާ ދީފައެވެ.
ހާނީ ބޭރުކޮށްލަން ކުރި މުޒާހަރާތަކުގައި 42 ފުލުހަކަށް ވަނީ އަނިޔާވެފައެވެ. 62 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނަނީ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހިއްވަރުދޭ ކަމަށެވެ. ނަމަވެސް މީހުންގެ މުދަލަށާއި ފުރާނައަށް ބަލައިދިނުމަށެވެ.