ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ކުރަމުން ގެންދާ އަނިޔާތައް އިތުރުކުރާތީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ކުރަމުން ގެންދާ އަނިޔާތައް އިތުރުކުރާތީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް!
ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ކުރަމުން ގެންދާ އަނިޔާތައް އިތުރުކުރަމުން ގެންދާތީ ދުނިޔޭގެ މީޑިއާތަކުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެއިގެ ތެރޭގައި މިހައިތަނަށް އަބަދުހެން އިޒްރޭލަށް ތައުރީފްކުރަމުން އައި ބޮޑެތި މީޑިއާތައްވެސް ދަނީ ހިމެނެމުންނެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް ހޯދުމުގެ ބޭނުމުގައި މިއަހަރުގެ މާރިޗް މަހުގެ 30 ވަނަ ދުވަހު މުޒާހަރާތައް ކުރަން ފެށިފަހުން މިހައިނަށް ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ 115 މީހުން ޝަހީދުކޮށްލައިފައެވެ. 2000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވެސް ދަނީ މިކަންކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލަށް މައްސަލަ ހުށަހެޅި 2 ފަހަރުވެސް އެމެރިކާއިން ވަނީ މައްސަލަ ވީޓޯ ކޮށްފައެވެ. އެހެންކަމުން ގިނަ ޤައުމުތަކެއްގެ ފާޑުކިޔުން ވަނީ އެމެރިކާއަށް އަމާޒުކޮށްފައެވެ.

ޔަހޫދީންނާއި ފަލަސްޠީނު ރައްޔިތުންގެ މައްސަލައަކީ ދިގު ދެމިގެންދާނެ މައްސަލައެއް ކަމަށް ބަލައި ޢަރަބި ޤައުމުތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަންވެސް މީޑިއާތަކުން ދަނީ ފާހަގަކުރަމުންނެވެ. ޢަރަބި ޤައުމުތަކުން ފަހަތު ފައަށް ބުރަވާ އެންމެ ބޮޑު ސަބަބަކީ އެމެރިކާއަށް އަޅުވެތިވާންޖެހުން ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.
މިއަދު އޮންލައިން