އިވެންޓް އޮގަނައިޒަރުން ބުނީ 2019 ވަނަ އަހަރުގެ މުބަރާތުގައި މި ވެންޓްތައް ނުހިމަނާނެ ކަމަށެވެ. "މިސް އެމެރިކާގެ ތާޖް ހާޞިލުކުރާނެ އެތައް ބައިވަރު އަންހެނުން ބުނަނީ މުބަރާތުގައި ބައިވެރިނުވަނީ އެ އިވެންޓްތައް ބާއްވާތީކަމަށް. އެހެންވެ މި ބަދަލުތައް ގެންނަން ނިންމީ."
އޮގަނައިޒަރުން ބުނެފައިވަނީ ހަށިގަނޑުގެ ވަނާތަކަށް ބަލައިގެން މާކްސް ދިނުމުގެ ބަދަލުގައި ބައިވެރިންގެ ހުނަރާއި ހުޝިޔާރުކަމަށް ބަލައިގެން މާކްސް ދިނުމުން މުބަރާތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
އެމެރިކާ މި ގޮތަށް ބަދަލުވެގެންދާއިރު މިއަހަރު ރާއްޖޭގައި ބޭއްވި ރީތީގެ މުބަރާތް ވަނީ ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ސިހުން އަރުވާލައިފައެވެ.
Miss America says #byebyebikini, hires Y&R for rebranding: https://t.co/9UCxs6fkq1 pic.twitter.com/b03sqQxqQX
— Adweek (@Adweek) June 5, 2018