ލޮލަށް ފެނުމުގެ ނަސީބު ލިބިފައި ނެތް ނަމަވެސް މިކުޑަކުޑަ އާސިފާ ވަނީ، ކީރިތި ޤުރްއާނުން 13 ފޮތް ހިތު ދަސްކޮށްފައެވެ.
އިންޑޮނޭޝިއާ އަށް އުފަން އާސިފާ ވަނީ އެޤައުމުން މިއަހަރު ބޭއްވި "ހާފިޒް 2018" މުބާރާތުގައި ތިބި އެންމެން ހައިރާން ކޮށްލުވާ، އަދި އެއްބައި މީހުންގެ ލޮލުން ކަރުނަ ފޫދާލާފައެވެ.
ކީރިތި ޤުރްއާންގެ 13 ފޮތް ހިތުދަސް ކުރުމުގެ އިތުރުން، އާސިފާ ވަނީ މާތް ﷲ ގެ އިސްމުފުޅުތަކާއި ބައެއް މަދަހަތައް ވެސް ހިތުދަސްކޮށްފައެވެ.
ތިބާއަށް ލޮލަށް ފެންނަ އިރުވެސް ޤުރްއާނުގެ އަކުރެއް ނުކިޔެންވީ އުޛުރަކީ ކޮބާ ހެއްޔެވެ؟