އިންޑިއާގެ ރައީސްގެ ގަނޑުވަރުގައި ކޮންމެ އަހަރަކު މުސްލިމުންނަށް ދެއްވަމުން ގެންދަވާ ރޯދަ ވީއްލުން މިއަހަރު ނުދެއްވާ ގޮތަށް ނިންމަވައިފިއެވެ.
މިކަމާއި ގުޅިގެން ބުނެފައިވަނީ އެއްވެސް ދީނެއްގެ އެއްވެސް ކަމަކާއި ގުޅިގެން ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ ހޭދަ ނުކުރައްވަން ރައީސް ރާމް ނާތް ނިންމަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ދީންތަކެއްގެ ހުރިހާ މުނާސަބަތުތަކާއި ގުޅިގެން ތަހްނިޔާ ފޮނުއްވަމުން ގެންދަވާނެ ކަމަށެވެ.