އިނގިރޭސިވިލާތުގެ ލީޑްސްގެ މިސްކިތެއްގެ ކުރިމަތީގައި އަލިފާންރޯކޮށް އަދި އެކިވަރުގެ ގެއްލުންތައް މިސްކިތަށް ދިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިހާދިސާ ހިންގާފައިވަނީ އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ މީގެ އިތުރުން ސިކުންގެ ފައްޅިއެއްގެ ކުރިމަތީގަ އާއި ފައްޅީގެ ބޮޑުމީހާ އުޅޭ ކޮޓަރީގެ ދޮރުގައިވެސް ހަމަ މި މީހާ އަލިފާން ރޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތަންތަނަށް ގެއްލުންދޭން އުޅުނުކަމުގެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. ނަމަވެސް އޭނާގެ އުމުރަކީ 42 އަހަރު ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.