3،000 ފިހާރައިން 44 ދުވަސްވަންދެން 75% އާއި ހަމައަށް ޑިސްކައުންޓްދޭ ބިޔަ ސޭލެއް ފަށަން ދުބާއީ އިން ނިންމައިފިއެވެ. ސަމަރ ސޭލްގެ ނަމުގައި ކުރިއަށް ގެންދާ މި ބިޔަ ސޭލް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ސޭލް އިންތިޒާމް ކުރަނީ ދާދި ފަހުން ވެސް މިފަދަ ބިޔަ ސޭލެއް އިންތިޒާމްކުރި ފަރާތަކުންނެވެ. އެ ފަރާތުން ބުނެފައިވަނީ ވީހައި ގިނައިން މިފަދަ ބިޔަ ސޭލްތައް އިންތިޒާމްކުރާނެ ކަމަށާއި ބޭނުންވަނީ ދުބާއީގައި އަބަދުވެސް މިފަދަ ބޮޑު ސޭލެއް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ހެޔޮ އަގުގަ ތަކެތި ގަންނަން އެބަލިބޭ. އެކަމުގެ ފައިދާ ރައްޔިތުންނަށް އެބަކުރޭ. ހަމައެއާއިއެކު ބާޒާރުކުރަން އެހެން ޤައުމުތަކުގެ މީހުން އެބަ އާދޭ. އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުން އެބަލިބޭ. ޤައުމަށް ލިބޭ އާމްދަނީ ހުރިހާ ގޮތަކުން އިތުރުވާ ކަމެއް ގިނަގިނައިން ނުކުރަންވީ އެއްވެސް ސަބަބެއް ނެތެއްނެތް."
މިމަހު 22 ވަނަ ދުވަހު ދުބާއީގައި ފަށާ މި ބިޔަ ސޭލް ނިންމައިލަން ހަމަޖެހިފައިވަނީ އޮގަސްޓް 4 ވަނަ ދުވަހުއެވެ.