މިއަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑްކަޕް، ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، އުރީދޫ އިން "އުރީދޫ ވޯލްޑްކަޕް ފޯރި" ކެމްޕޭން ލޯމްޗުކޮށްފިއެވެ.
"ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ، މުޖުތަމައުގެ އެންމެން އެއްބައިވަންތަ ކޮށްދޭ ކުޅިވަރެއް. އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ވޯލްޑްކަޕް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދާދިނުމަށް އަޅުގަނޑުމެން ނުހަނު އިސްކަމެއް ދެން." އުރީދޫ ގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވިއެވެ.
މީގެ އިތުރުން ނަޖީބު ޚާން ވިދާޅުވީ މިކެމްޕޭނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ތާކު ތިބެގެން ވެސް ވޯލްޑްކަޕް ބަލާލަން ފުރުސަތު ލިބި، އެމުބަރާތާއި ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ފުތްބޯޅައިގެ މިއީދަށް ރާއްޖޭގައި އޮތް ފޯރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށެވެ.
"ފީފާ ވޯލްޑްކަޕް 2018" ރަޝިޔާ އަށް އުރީދޫއިން ދޭ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ:
• ވޯލްޑްކަޕް ލައިވް ސްޓްރީމިންގ
• ފީފާ ވޯލްޑްކަޕް ފެންޓަސީ