އަންނަ ހުކުރުވިލޭރޭ (ބުރާސްފަތި ދުވަހުގެ ރޭ) ވީހައި ގިނަ ބައަކު ޝައްވާލު މަހުގެ ހަނދު ފެނޭތޯ ބަލައި ދިނުމަށް ސައުދީގެ ސްޕްރީމް ކޯޓުން އިލްތިމާސްކޮށްފިއެވެ.
ކޯޓުން ކުރި އިލްތިމާސްގައިވަނީ ހަމަލޮލުން ބެލުމުގެ އިތުރަށް ޓެލެސްކޯޕް ފަދަ ތަކެތި ބޭނުންކޮށްގެންވެސް ބަލައި އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.
ހަނދު ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ހަނދު ބަލަން މަސައްކަތްކުރާ މީހުންނަށް އެކަމުގެ ހެޔޮ ރަހްމަތް ލައްވަވާނެ ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެފައިވެއެވެ. އަދި މިއީ އެވޯޑެއް ދިނުމުގެ ބަދަލުގައި ކުރަންޖެހޭ އަޅުކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ހަނދު ބެލުމާއިބެހޭ ޙަދީޘްފުޅު މާނަކުރާއިރު ބައެއް މީހުން "ހިތަށް ފެނުން" ކަމުގައި ކުރާ މާނަ އެއީ ރަނގަޅު މާނައެއް ނަމަ ހަމަލޮލުންނާއި ދުރުމި ފަދަ ތަކެތި ބޭނުންކޮށްގެން ބަލަންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ސަބަބަކީ ހަމަ ލޮލަށްވެސް އަދި ދުރުމިއަށްވެސް ހިތަށް ފެންނަ ގޮތް ނުފެންނާނެތީއެވެ. ހަމައެއާއިއެކު ލޮލުން ނުބެލި ނަމަވެސް އަދި ޓެލެސްކޯޕަކުން ނުބެލި ނަމަވެސް ހިތަށް ފެންނަ ގޮތް އަބަދުވެސް ހުންނާނީ ފެނިފެނި ކަމަށްވެސް ޤަބޫލުކުރެވެއެވެ.