މިއަދުގެ ރެސިޕީ: ރަހަމީރު ބްރައުނީ

ކިޔުމަށް ހޭދަވާނީ 1މ 3ސ
މިއަދުގެ ރެސިޕީ: ރަހަމީރު ބްރައުނީ
ބޭއްނުންވާނެ ތަކެތި:

• 3 މޭޒުމަތީ ސަމުސާ ބަޓަރ
• 6 ބިސް
• 1 ½ މޭޒުމަތީ ސަމުސާ ހަކުރު
• 2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
• ޑާކް ޗޮކްލެޓް (ވިރުވާފަ)
• 1 ½ ޖޯޑު ފުށް
• 1 ޖޯޑު ކޮކޯ ޕައުޑަރ
• 1 ސައިސަމުސާ ލޮނު
• ޗޮކްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

• އެންމެ ފުރަތަމަ ތައްޓެއްގައި ބަޓަރކޮޅާއިއެކު ހަތަރު ބިސް އެއްކުރާށެވެ. އަދި އޭގެ ތެރެއަށް ހަކުރުކޮޅާއި ވެނީލާ އެކްސްޓްރެކްޓް ކޮޅެއް ވެސް އެއްކުރުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

• ރަނގަޅަށް ގިރާލުމަށްފަހު އޭގެތެރެއަށް ވިރުވާފައިހުރި ޗޮކްލެޓް ކޮޅު އަޅާ ގިރާލުމަށްފަހު އޭގެ ތެރެއަށް ފުށާއި އިތުރަށް ދެ ބިސް އެޅުމަށްފަހު ކޮކޯޕައުޑަރ އާއި ލޮނު ކޮޅެއް ވެސް އެޅުމަށްފަހު އެއްކޮށް އޮލަވަންދެން ރަނގަޅަށް ގިރާލާށެވެ.

• ދެން އެއްކުރި ޗޮކްލެޓްކޮޅު ތެރެއަށް ޗޮކްލެޓް ޗިޕްސް އަޅާ އެއްކޮށްލުމަށްފަހު، ޓްރޭ އަކަށް ފުށްގަނޑު އަޅާ 20 ނުވަތަ 30 މިނެޓު ވަންދެން ފިހެލާށެވެ. ރަހަމީރު ބްރައުނީ ތައްޔާރުވީއެވެ.

ބްރައުނީ ތައްޔާރުވުމުން (ބޭނުންނަމަ) އޭގެ މަތީގައި ވިރުވާފައިހުރި ޗޮކްލެޓް ހޭކުމަށްފަހު ރީތިކޮށް ފޮތި ފޮއްޗަށް ބްރައުނީކޮޅު ކަފާލާށެވެ.
މިއަދު އޮންލައިން