ދެކުނު އެފްރިކާގެ ކޭޕްޓައުނުގެ އަވަށެއްގައި ހުންނަ މަލްމެސްބަރީ ނަަކަށް ކިޔާ މިސްކިތުގައި އިޢްތިކާފަށް ތިބި 2 މީހެއްގެ ގައަށް ވަޅިހަރާ ޝަހީދުކޮށްލައިފި އެވެ. އިތުރު ދެ މީހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ސަރަހައްދުގެ މުސްލިމުންގެ ކަންކަން ބަލަހައްޓާ އިދާރާއިން ބުނީ މިކަން ކޮށްފައިވަނީ ރޭ ފަތިހު ކަމަށެވެ. މިކަން ކުރި ބައަކާއި ސަބަބު އަދި ނުއެނގޭ ކަމަށެވެ. އެޖަމިއްޔާއިން ވަނީ ބަދަލު ހިފުމުގެ ރޫޙުގައި ތެޅި ފޮޅިނުގަނެ ކެތްތެރިވުމަށްވެސް އިލްތިމާސްކޮށްފައެވެ.
ފުލުހުން ވަނީ ހަމަލާދިން މީހާގެ ގައަށް ބަޑިޖަހާ މަރާލާފައެވެ. މީގެ މަހެއްހައި ދުވަސް ކުރިންވެސް ވަނީ ކޭޕްޓައުންގެ މިސްކިތެއްގައި މިފަދަ ހާދިސާއެއް ހީންގައި މީހަކު ޝަހީދުކޮށްލާފައެވެ.