ކަޝްމީރުގެ އެންމެ ސީނިއަރ ނޫސްވެރިޔާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ކަޝްމީރުގެ އެންމެ ސީނިއަރ ނޫސްވެރިޔާ މަރާލައިފި
ކަޝްމީރުގެ އެންމެ ސީނިއަރ ނޫސްވެރިޔާ ކަމަށް ބެލެވޭ ނޫސްވެރިޔާގެ ގައަށް ބަޑިޖަހައި މަރާލައިފިއެވެ. ހަަމަލާދިން މީހުން ވަނީ އޭނާގެ ބޮޑިގާޑުން ވެސް މަރާލައި އިތުރު ސެކިޔުރިޓީ އޮފިސަރެއްގެ ގައަށްވެސް ބަޑިޖަހައިފައެވެ.

އިނގިރޭސިބަހުން ނެރޭ "ރައިޒިންގ ކަޝްމީރު"ގެ އެޑިޓަރ އިން ޗީފް، ޝުޖަތު ބުޚާރީގެ ގެއަށް ބަޑިޖެހީ ރޯދަވީއްލައިގެން އޮފީހުން ނުކުމެ ކާރަށް އަރަން އުޅުނު ވަގުތު ސައިކަލުތަކުގައި އައި 3 މީހެކެވެ.

ސަރުކާރާ އިދިކޮޅު ޚިޔާލުގެ ނޫސްވެރިންނަށް ހަމަލާދީ މަރަމުން ގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބުޚާރީ މަރާލުމާއި ގުޅިގެންވެސް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން