ސައުދިއަރަބިޔާގެ ގިނަ ބައަކަށް މިރޭ ޝައްވާލްމަހުގެ ހަނދު ފެނުނު ކަމަށް އެ ޤައުމުން ބުނެފިއެވެ. އަދި ގިނަ ބައަކަށް މިރޭ ހަނދު ފެނުމާއި ގުޅިގެން މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް ވެސް މިހާރު ވަނީ ކަނޑަޅައިފައެވެ.
ޔޫއޭއީ އަށްވެސް މިރޭ ޝައްވާލް މަހުގެ ހަނދު ފެނުމާއި ގުޅިގެން މާދަމާއަކީ ޢީދު ދުވަސް ކަމަށްވެސް ވަނީ ނިންމައިފައެވެ.
މާދަމާއަކީ ފިޠުރު ޢީދު ދުވަސް ކަމަށް ހަމަޖެހުމާއި ގުޅިގެން މުސްލިމުން ގެންދަނީ ފިޠުރު ޢީދުގެ ތަހުނިޔާ ކިޔަމުންނެވެ.