ފިރިމީހާ ދޭވޭނަށް ކެތް ނުކުރެވުނު އަންހެނަކު ތުއްތު ދެ ދަރިން ރޭލެއްގެ ފޮރޮޅުދަށުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ފިރިމީހާ ދޭވޭނަށް ކެތް ނުކުރެވުނު އަންހެނަކު ތުއްތު ދެ ދަރިން ރޭލެއްގެ ފޮރޮޅުދަށުލައިފި
ފިރިމީހާ އަނިޔާކުރާތީ އާއި ޚަރަދު ނުކުރާތީ އައި ރުޅީގަ ތުއްތު ދެ ދަރިން ރޭލެއްގެ ފޮރޮޅުދަށުލީ އަންހެނަކަށް އަވަށުގެ މީހުން އަދަބު ދީފިއެވެ.

އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ ފިރިމީހާ ޚަރަދު ނުކުރާ ކަމަށާއި ނުހަނު ދަތި ހާލުގައި އުޅެންޖެހޭއިރުވެސް އަބަދު އަނިޔާކުރާތީ ދެކަމުގެ ވޭން އެއްވެ ބުއްދި ގޯސްވެގެން ކުރެވުނު ކަމެއް ކަމަށެވެ.

ފިރިމީހާ ދެކެ އައި ރުޅީގައި 6 އަހަރުގެ ދަރިފުޅާއި 18 މަހުގެ ދަރިއަކު ދުއްވަމުން އައި ރޭލެއްގެ ފުރޮޅު ދަށުލުމުން 18 މަހުގެ ފިރިހެން ދަރިފުޅު ވަނީ ވަގުތުން މަރުވެފައެވެ. 6 އަހަރުގެ އަންހެން ކުއްޖާގެ ޙާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެއެވެ.

މިކަމާއި ގުޅިގެން އަވަށުގެ މީހުން އައި ރުޅީގައި އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ކުރުމުން ފުލުހުންގެ ބެލުމުގެދަށުން ހޮސްޕިޓަލަށް އެޑްމިޓްކޮށް މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޕަޓްނާގެ އަވަށެއްގައެވެ.
މިއަދު އޮންލައިން