މަސްޖިދުއްނަބަވީ ކައިރިން ސައުދީ 2 ފުލަހަކަށް ހަމަލާދިން ބައަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
މަސްޖިދުއްނަބަވީ ކައިރިން ސައުދީ 2 ފުލަހަކަށް ހަމަލާދިން ބައަކު ހައްޔަރުކޮށްފި
މަސްޖިދުއްނަބަވީ ކައިރިން ސައުދީ 2 ފުލަހަކަށް ހަމަލާދިން ބައަކު ހައްޔަރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ 2 ފުލުހުން ހަރަކާތްތެރިވަމުން ދިއައީ ޓްރެފިކް ބަލަހައްޓަން މަގުމަތީގައި ކަމަށެވެ. އަދި ހަމަލާދީފައިވަނީ ކީއްވެގެންކަން އަދި ބުނެވެން ނެތް ކަމަށެވެ. ހަމަލާދީފައިވަނީ ހަވީރު 5:00 ހައިއިރުއެވެ.

މަންޒަރު ބަލަން ތިބި މީހުން ބުނީ ހަމަލާދިން މީހުން އައީ ހިނގާފައި ކަމަށާއި އެމީހުންނަކީ ޓެރަރިސްޓުން ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އަދި ލަފާކުރެވެނީ ކޮންމެވެސް ދެބަސްވުމެއް ހިނގީ ކަމަށް ކަމުގައިވެސް ބުނެފައިވެއެވެ.
މިއަދު އޮންލައިން