ގެއްލުނު އަންހެނަކު ބިޔަ ހަރުފައެއްގެ ބަނޑުން ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ގެއްލުނު އަންހެނަކު ބިޔަ ހަރުފައެއްގެ ބަނޑުން ފެނިއްޖެ
ގެއްލުނު އަންހެނަކު ބިޔަ ހަރުފައެއްގެ ބަނޑުން ފެނިއްޖެއެވެ.

އިންޑޮނޭސިއާގެ އަވަށަކަށް ނިޞްބަތްވާ އުމުރުން 54 އަހަރުގެ ވާތިބާ ގެއްލިފައިވަނީ މިދިއަ ހުކުރު ދުވަހުގެ ރޭ އޭނާގެ ދަނޑުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާ އާއިއެކު 100 ވަރަކަށް މީހުން އައީ ކުރަމުންނެވެ.

ހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާގެ ފައިވާނާ 30 ވަރަކަށް މީޓަރު ކައިރިންނެވެ. ދިގުމިނުގައި 23 ފޫޓް ހުރި ބިޔަ ހަރުފަ އަތުލައިގަތުމަށްފަހު ބަނޑުފެޅީ ހަރުފަ ހަރަކާތްތެރިވި ބަރުހެލިކަމުން އެ އޮތީ އަންހެން މީހާ ކާލައިގެން ކަމަށް ތުހުމަތުކުރެވިގެންނެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ ބިޔަ ހަރުފަތައް އިންޑޮނޭސިއާއިން މަދުން ނަމަވެސް ފެންނަ ކަމަށެވެ. އަދި އެ ދަނޑު އޮންނަ ސަރަހައްދަކީ ފަރުމަތީ ސަރަހައްދެއް ކަމަށާއި ބޮޑެތި ހޮހޮޅަތައްވެސް އެ ސަރަހައްދުގައި ހުންނަ ކަމަށެވެ.

މިިދިއަ އަހަރުވެސް ބިޔަ ހަރުފައެއް ވަނީ ދަނޑުވެރިއެއް ކައިލައިފައެވެ. އެހަރުފަވެސް އަތުލައިގަނެ ބަނޑުފެޅުމުން ދަނޑުވެރިޔާ ވަނީ ފެނިފައެވެ.
މިއަދު އޮންލައިން