ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދޭނެ ކަމަށް ބުނެ ގިނަ ވައުދުތަކެއްވުމަށްފަހު ވެރިކަމަށް އައި އަލްސިސީ ތެލާއި، ކައްކާ ގޭހާއި ފެނުގެ އަގު އިންތިހާއަށް ބޮޑުކޮށްފި އެވެ.
ތެލުގެ އަގު 35 އިންސައްތަ އިން 67 އިންސައްތައަށް ބޮޑުކުރިއިރު ކައްކާ ގޭހުގެ އަގު ވަނީ 70 އިންސައްތަ އުފުލައިފައެވެ. އަގުތައް އުފުލިކަން އިއްޔެ އިއުލާނުކުރުމަށްފަހު ބުނެފައިވަނީ އަގުތައް އުފުލީ ޤައުމުގެ އިޤްޠިޞާދު ރަނގަޅުކޮށް ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދޭން ކަމަށެވެ.
އަލްސިސީ އިންތިޚާބުކުރީ އޭނާ އާއި ވާދަކުރާނެ ކަމަށްބުނި 5 މީހުން ކުށްވެރިކޮށް ޖަލުގައި ބަންދުކުރުމަށްފަހުގައެވެ. އޭނާ އާއި ވާދަކުރި ހަމައެކަނި ކެންޑިޑޭޓްވެސް ވޯޓުލީ އަލްސިސީއަށް ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.