މަލަހިނި ޓީމް އުރީދޫ މަސްރޭސް ކާމިޔާބުކޮށް، 300،000 ރުފިޔާ ގެ އިނާމު ހޯދައިފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މަލަހިނި ޓީމް އުރީދޫ މަސްރޭސް ކާމިޔާބުކޮށް، 300،000 ރުފިޔާ ގެ އިނާމު ހޯދައިފި.
ރާއްޖޭގައިބޭއްވޭއެންމެބޮޑުމަސްރޭސްކަމުގައިވާއޫރިދޫމަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި ވާދަކޮށް، ޓީމް މަލަހިނި އިން މުބާރާތް ކާމިޔާބުކޮށްފިއެވެ. އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމަށް ލިބިފައިވާ އިނާމު ތަކުގެ ތެރޭގައި، 175،000 ރފ. ގެ މަހަށްދާ ލޯންޗަކާއި، 150،000ރފ. އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވަރ އިންޖީނެެއް ހިމެނެއެވެ.

ޓީމް މަލަހިނީގެ އިތުރުން އުރީދޫ މަސްރޭހުގެ ފައިނަލްގައި ވާދަކޮށްފައިވާ ފަސް ޓީމް އަކީ ޓީމް މިލައިދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް އެޗް.ޑީ.ސީ، ޓީމް ސްޓެލްކޯ އަދި ޓީމް އެންޒީ އެވެ. މިގޮތުން، މުބާރާތުގެ ދެވަނަ އަށް ގޮސްފައިވަނީ ޓީމް މިލައިދޫ، އަދި ތިންވަނަ ލިބިފައިވަަނީ ޓީމް އެންޒީ އެވެ.

"މިއަހަރުގެ އުރީދޫ މަސްރޭހުގައި ފަޙުރުވެރި ވަނަތަކެއް ހޯއްދެވި އެންމެހާ ބޭފުޅުންނަށް މަރުޙަބާ! ރާއްޖޭގެ އެކިކަންކޮޅުތަކުން މި ބައިވެރިވި އެކި ޓީމްތަކާއި އެކު މިފަަހަރުގެ މަސްރޭސް ވެގެން ދިޔައީ ވަރަށް މަޖާ އަދި ފޯރިގަދަ މުބާރަތަކަށް، އަދި އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ މުބާރާތުގައިވެސް މި ޓީމްތަށް ފެނިގެންދިއުން. މި ފުރުސަތުގައި، އުރީދޫ މަސްރޭސް މިހާ ކާމިޔާބުކޮށް ބޭއްވުމަށް އަޅުގަނޑުމެންނަށް އެހީތެރިވި އެންމެހާ ބެފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރަން." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މަސްރޭހުގެ އެންމެ "ތަފާތު މާކެޔޮޅު"ގެ އިނާމު ލިބިފައިވަނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނަ އެއް ބޭނި، ޓީމް މިލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އަދި، އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ، 10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ މުހައްމަދު އެވެ. މި ދެ ބޭފުޅުންނަށްވެސް ވަނީ 5000 ރފ.ގެ ފައިސާގެ އިނާމެއް ލިބިފައެވެ.

އުރީދޫ މަސްރޭސް 2018 ނިމިފައިވާ އިރު، އަންނަ އަހަރުގެ މަސްރޭހުގައި ގިނަ ޓީމްތަކެއް ބަައިވެރިވުމަށް އެކުންފުނިން ވަނީ ދައުވަތު އަރުވާފައެވެ.
މިއަދު އޮންލައިން