ޢީދު ހަދިޔާއެއް ބޭނުންވެގެން ޕޮލިސް ހޮޓްލައިނަށް ގުޅި ކުޑަކުއްޖަކު ބޭނުންވި ހުރިހާ އެއްޗެއް ފުލުހުން ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޢީދު ހަދިޔާއެއް ބޭނުންވެގެން ޕޮލިސް ހޮޓްލައިނަށް ގުޅި ކުޑަކުއްޖަކު ބޭނުންވި ހުރިހާ އެއްޗެއް ފުލުހުން ހަދިޔާކޮށްފި
ޢީދު ހަދިޔާއެއް ބޭނުންވެގެން ޔޫއޭއީ ޝާރުޖާ ޕޮލިސްގެ ހޮޓްލައިނަށް ގުޅި ކުޑަކުއްޖަކު ބޭނުންވި ހުރިހާ އެއްޗެއް ފުލުހުން ހަދިޔާކޮށްފިއެވެ.



ސުމައްޔާ ކުރި ކޯލަށް ޑިޔުޓީ އޮފިސަރު ނެގުމަށްފަހު ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ތުއްތު ސުމައްޔާ ބުނީ އޭނާ ބޭނުންވަނީ އީދު ހަދިޔާއެއް ކަމަށެވެ. ޢީދު ހަދިޔާއަކަށް ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ސުމައްޔާ ވަނީ ބޭނުންވާ ތަކެތި ކިޔައިދީފައެވެ.

ސުމައްޔާ އަހްމަދު އަލް ނަޤްބީ ބޭނުންވި ހުރިހާ އެއްޗެއް ހިފައިގެން ސުމައްޔާގެ ގެއަށް ފުލުހުން ދިއުމުން ސުމައްޔާ އަށާއި ޢާއިލާއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ.
މިއަދު އޮންލައިން