ނައިޖީރިއާ ބަލިކޮށް ކްރޮއޭޝިއާއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
ނައިޖީރިއާ ބަލިކޮށް ކްރޮއޭޝިއާއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި
ރަޝިއާގައި ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގައި ކްރޮއޭޝިއާ އާއި ނައިޖީރިއާ ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން ކްރޮއޭޝިއާ މެޗު ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ލީޑު ނަގާފައެވެ. މިއީ ނައިޖީރިއާގެ އޮޑެބޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ހާފު މިގޮތަށް ނިމުނު ނަމަވެސް ދެޓީމަށްވެސް ގޯލުޖަހަން ފުރުޞަތުލިބިވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގައިވެސް ގިނަ ޙަމަލާތަކެއް ވަނީ ކްރޮއޭޝިއާއިން ނައިޖީރިއާގެ ގޯލަށް ފޮނުވާލާފައެވެ. ނަތީޖާއަކަށްވީ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރޮއޭޝިއާއިން ލީޑު ފުޅާކުރުމެވެ. މިގޯލު ޖަހައިދިނީ މޮޑްނިޗްއެވެ.

މިއަދު ހަވީރު 5 ޖަހާއިރު ބައްދަލުކުރާނީ ކޮސްޓަރިކާ އާއި ސަރބިއާ އެވެ. އަދި ރޭގަނޑު 8 ޖަހާއިރު ޖަރމަން އާއި މެކްސިކޯ ވާދަކުރާ އިރު، 11 ޖަހާއިރު ވާދަކުރާނީ ބްރެޒިލް އާއި ސްވިޓްޒަރލޭންޑެވެ.
މިއަދު އޮންލައިން