ރަޝިއާގެ މޮސްކޯގައި މިރޭ ކުޅުނު މި މެޗު މެކްސިކޯއިން ކާމިޔާބުކުރީ ވަރލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ޖަރުމަނާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.
މި ލަނޑުޖެހީ 35 ވަނަ މިބެޓުގައި ލޮޒާނޯއެވެ.
ދެ ހާފުގައިވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ޖަރުމަން ޓީމަށްވަނީ ނަތީޖާ ބަދަލުކޮށްލުމަށް އެތައް ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.
ޚާއްޞަކޮށް މެޗުގެ އެންމެފަހު މިނެޓުތަކުގައި މެކްސިކޯގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އެހެންނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ މެކްސިކޯގެ ގޯލްކީޕަރާއި ގޯލު ދަނޑިއެވެ. އަދި ބައެއް ހަމަލާތައް ވަނީ ގޯލާއި އަމާޒުނުވެ ބޭރަށްގޮސްފައެވެ.
މި މުބާރާތުގައި މިރޭ 11 ޖަހާއިރު ބައްދަލުކުރާނީ ބްރެޒިލް އާއި ސްވިޓްޒަރލޭންޑެވެ.