ވީޑިއޯ އެނަލިސްޓް ރެފްރީ (ވީއޭއާރް) ގެ އެހީގައިލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ކޮރެއާގެ މައްޗަށް ސްވިޑްން ކުރިހޯދައިފިއެވެ.
ފިފާ ވަރލްޑް ކަޕް ގްރޫޕް އެފްގެ މި މެޗުގެ ފުރަރަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މި ހާފުގައި ކޮރެއާގެ ގޯލްކީޕަރގެ ކުޅަދާނަކަން ވަނީ ފެނިގެންގޮސްފައެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ޖެހި ހަމައެކަނި ގޯލު ސްވިޑްންއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ގްރަންވިސްޓްއެވެ.
މި މުބާރާތުގައި މިރޭ 8 ޖަހާއިރު ކުޅޭނީ ގްރޫޕް ޖީގައި ހިމެނޭ ބެލްޖިއަމް އާއި ޕެނަމާއެވެ. މީގެއިތުރުން ހަމަ މި ގްރޫޕުގައި ހިމެނޭ އިންގްލެންޑާއި ޓިއުނީޝިއާގެ މެޗު މިރޭ 11 ޖަހާއިރު ކުޅޭނެއެވެ.