ޕާކަށް ދިއައިމަ ކުއްތާތައް އައިސް ކުދިން މަރަނީ - ޕާކު ނުހަދާނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޕާކަށް ދިއައިމަ ކުއްތާތައް އައިސް ކުދިން މަރަނީ - ޕާކު ނުހަދާނަމަ!
ސްވަރުނާއަކީ ގޭގޭގައި ނޯކިރީކޮށްދީގެން ލިބޭ އެއްޗަކުން 4 ދަރިންނަށް ކާންބޯން ދިނުމާއި އެހެނިހެން ކަންކަން ބަލަަހއްތަމުން އަންނަ އަންހެނެކެވެ. ސްވަރުނާ އޭނާގެ 4 ދަރިން ގޮވައިގެން އިއްޔެ ޕާކަށް ދިއައީ ކުދިން ޕާކަށް ދާން ބޭނުންވެގެން އާދޭސްކުރާވަރުންނެވެ.

ޕާކަށްދިއުމަށްފަހު "ހުރިހާ ކުދިން އެކުގައި އުފާކޮށްލަން ތިބެން" ބުނެފައި ސްވަރުނާ ދިއައީ އޭނާ މަސައްކަތްކުރާ ގެއެއްގެ ތަށިތައް ދޮވެދޭށެވެ.

އަވަސް އަވަހަށް ތަށިކޮޅު ދުވަލަދީފައި އެނބުރި ޕާކަށް އައިއިރު ފެނުނީ ދަރިންތައް ބައިތިއްބާފައި ދިއަ ސަރަހައްދަށް ގިނަބައަކު އެއްވެގެން އުޅޭތަނެވެ. ޚަބަރު ބެލިއިރު ޖަންގަލީ ކުއްތާތަކެއް އައިސް ވަނީ ދޮޅު އަހަރުގެ ދަރިފުޅު މަރާލައިފައެވެ. ދުވަން އެނގޭ 3 ކުދިން ދުވެ ދިއުމުން އަތުލައި ނުގަނެވުނީއެވެ.

މިއީ އިންޑިއާގެ ޗާންދިގަޅުގައި އިއްޔެ ހިނގާފައިވާ ހާދިސާއެކެވެ. އިންޑިއާގައި އެކި ފެންވަރުގެ ޕާކުތައް ހަދާފައި ހުރެއެވެ. އެންެމެ ފަޤީރުންނަށް ވެސް ޕާކުތައް ހަދާފައި ހުރެއެވެ. އެފަދަ ޕާކުތަކަށް ގިނަ އަދަދެއްގެ ކުޑަކުދިން ކޮންމެ ދުވަހަކު ދާއިރު ޖަންގަލީ ކުއްތާތަކުން ކުދިން ސަލާމަތްކުރެވޭނެ ފަދަ އިންތިޒާމުތައް ހަމަޖައްސާފައި ނުހުންނާތީ ފަޤީރުން އަބަދުވެސް ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން