ޖަޕާނަށް ބާރުގަދަ ބިލްހެލުމެއް އައިސް 3 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޖަޕާނަށް ބާރުގަދަ ބިލްހެލުމެއް އައިސް 3 މީހުން މަރުވެއްޖެ
ޖަޕާނަށް ބާރުގަދަ ބިލްހެލުމެއް އައިސް 3 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކާއި 80 އަހަރުން މަތީގެ 2 ފިރިހެނުންނެވެ.

6.1 މެގްނިޓިޔުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮސާކާގެ ސަރަހައްދުތަކަށެވެ. ބިންހެލުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާ ވެފައެވެ.

މިކާރިސާ އާއި ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ބިންހެލުމާއި ގުޅިގެން އޮސާކާ އެއާޕޯޓް ހުއްޓުމަކަށް ގެނެސް ރޭލް ދަތުރުތައްވެސް ހުއްޓުމަކަށް ގެންނަން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން