ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ކޯޓުން ކުރި ޙުކުމާއި ގުޅިގެން ސްޕޭންގެ ރަސްގެފާނުގެ ޅިޔަނު 5 އަހަރާ 10 މަހަށް ޖަލަށް ލައިފިއެވެ. އޭނާ ޖަލުގައި ބަންދުވީ މިއަދު ހެނދުނު އަމިއްލައަށް ޖަލަށް ގޮހެވެ.
އިނާކީ އުރުޑުންގަރިންގެ މައްޗަށް ދަށުކޯޓުން ކުރި ޙުކުމަށް ސްޕްރީމް ކޯޓުން ވަނީ ލުއި ތަކެއް ގެނެސްދީފައެވެ. އެވަރުންވެސް 5 އަހަރާއި 10 މަހަށްވުރެ އަދަބު ކުޑަވާނެ ގޮތެއް ވަނީ ނުވެފައެވެ.
އިނާކީ އުރުޑުންގަރިން ކައިވެނިކޮށްގެން އުޅެނީ ރަސްގެފާނު، ފިލިޕްގެ ކޮއްކޯފުޅު ޕްރިންސަސް ކްރިސްޓީނާ އާއިއެވެ.
މީނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ޓެކްހަށް މަކަރުހެދުމާއި ސަރުކާރުން އެވޯޑްކުރާ ކޮންޓްރެކްޓްތަކަށް ނުފޫޒުފޯރުވުން ހިމެނެއެވެ.