ކުރަފި ބަނަސް ކާނަންތަ؟

ކިޔުމަށް ހޭދަވާނީ 53ސ
ކުރަފި ބަނަސް ކާނަންތަ؟
ބްރެޒިލްގެ ސައިންޓިސްޓުންތަކެއް ކުރަފި އަޅައިގެން ބަނަސްތަކެއް ހަދައިފިއެވެ.

ކުރަތްޕޭ ބުންޏަސް މިފުށްގަނޑު ހަދާފައި ހުންނަނީ ކުރަފި އާއިލާގެ ވަކި ވައްތަރެއްގެ ކުރަފިންނެވެ.

"ނައުފޮއެޓާ ސިނެރީއާ" ނަމަކަށް ކިޔާ މިވައްތަރުގެ ކުރަފި އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ ފުށްގަނޑުން އާދައިގެ ގޮދަންފުށަށްވުރެ 23 އިންސައްތަ އިތުރަށް ޕްރޮޓީން ލިއްބައިދޭނެ ކަމަށް އެސައިންޓިސްޓުން ބުނެފައިވެއެވެ.

މިބާވަތުގެ ފުށްގަނޑާއި ބަނަސް ތައްޔާރު ކުރާ ލެބޯޓަރީގައި، އެވައްތަރުގެ ކުރަފި އާލާކުރެއެވެ. އެއަށްފަހު ކުރަފިތައް ކުދިކުދި ކުރުމަށްފަހު ފުށްކޮޅު ތެރެއަށް އެއްކުރެއެވެ.

"އެފުށުން ލާނީ ނަޓްސް ރަހަ. ބަދަން ނުވަތަ ޗެސްޓްނަޓް ރަހަ ލާނީ. މިއީ ވަރަށް މީރު އަދި އެހާމަ ހަށިގަނޑަށް ފައިދާހުރި ބަނަހެއް. ނުބައި ރަހައެއް އެއްވެސް ގޮތަކަށް ނުލާނެ." އޭގެން އެއް ސައިންޓިސްޓް ބުނެފައިވެއެވެ.

ކުރަތްޕަކީ އޭތީގެ ހަށިގަނޑުން ވަރަށް މަދުން ނަޖިސް ބޭރުކުރާ އެއްޗަކަށްވުމުން، އޭގެން ވަރަށް ގިނަ ޕްރޮޓީން އުފައްދައެވެ.


މިއަދު އޮންލައިން