ގްރޫޕް ޖީގެ ފުރަތަމަ މެޗު ބެލްޖިއަމްއަށް

ކިޔުމަށް ހޭދަވާނީ 39ސ
ގްރޫޕް ޖީގެ ފުރަތަމަ މެޗު ބެލްޖިއަމްއަށް
ރަޝިއާގައި މިހާރުކުރިއަށްދާ ފިފާ ވަރލްޑް ކަޕްގެ ގްރޫޕް ޖީގެ ފުރަތަމަ މެޗު ބެލްޖިއަމްއިން ކާމިޔާބު ކޮށްފިއެވެ.

ޕެނަމާ އާވާދަކޮށް ބެލްޖިއަމްއިން ކާނިޔާބުކުރީ 3:0 ންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިވާ ނުވާއިރު، ހުރިހާ ގޯލެއްވެސް ފެނިފައިވަނީ ފަހުހާފުގައެވެ.

ފުރަތަމަ ގޯލު ޖަހާފައިވަނީ 47 ވަނަ މިނެޓުގައި މެރޓަންސް އެވެ. އަދި އަނެއް ދެގޯލަކީ ލުކާކޫ ޖަހއިދިން ދެ ގޯލެވެ. އޭނާ މި ދެގޯލު ޖަހާފައިވަނީ 69 ވަނަ މިނެޓާއި 75 ވަނަ މިނެޓުގައެވެ.

މި މެޗުގައި ޕެނަމާއިންވެސްވަނީ ރަނގަޅު ކުޅުމެއްދައްކާ ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މުބާރާތުގައި މިރޭ 11 ޖަހާއިރުވެސް ކުޅޭނީ ގްރޫޕް ޖީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ޓިއުނީޝިއާއެވެ.
މިއަދު އޮންލައިން