ސައުދީ ފުޓްބޯޅަ ޓީމް ދަތުރުކުރި ފްލައިޓްގައި އަލިފާން ހިފައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ސައުދީ ފުޓްބޯޅަ ޓީމް ދަތުރުކުރި ފްލައިޓްގައި އަލިފާން ހިފައިފި
މިހާރު ރަސިއާގައި ކުޅެމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ސައުދީ ފުޓްބޯޅަ ޓީމް ދަތުރުކުރި ފްލައިޓްގައި އަލިފާން ހިފައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ހިފާފައިވަނީ ފްލައިޓުގެ ފިޔަފަތުގައެވެ. އަދި އެކަން ހިނގަން މެދުވެރިވި ސަބަބަކީ ކުދިކުދި ފެލްކަން ދޫނިތަކެއް އިންޖީނަށް ވަނުމެވެ.

ސައުދީ ޓީމުގެ އޮފިޝަލުން ބުނެފައިވަނީ މި ހާދިސާ ހިނގި ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ވެސް އަދި އޮފިޝަލަކަށްވެސް އެއްވެސް ކަމެއް ނުވާ ކަމަށާއި ބުދަ ދުވަހު އުރުގުއޭ އާއިއެކު ކުޅޭ މެޗަށް ޓީމް އޮތީ ތައްޔާރަށް ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެއެވެ.

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން