ފިފާ ވަރލްޑް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗު ޖަޕާނުން ކާމިޔާބުކޮށްފިއެވެ.
މިއީ ސައުތް އީސްޓް އޭޝިއާގެ ޤައުމަކުން ވަރލްޑް ކަޕްގައި ސައުތް އެމެރިކާގެ ޤައުމެއް ބަލިކުރި ފުރަތަމަ ފަހަރެވެ.
މިމެޗު ޖަޕާނުން ކާމިޔާބުކުރީ ކޮލަމްބިއާ އާވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.
ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކަގާވާއެވެ.
މިއީ ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮލަމްބިއާގެ ޑިފެންޑަރ ސަންޗޭޒް ގަސްދުގައި ބޯޅައިގާ އަތުންޖެއްސީކަމަށް ބަލާ ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި ސަބްޗޭޒްއަށް ވަނީ ރަތްކާޑު ދައްކާ ފޮނުވާލާފައެވެ.
މި ގޯލަށްފަހު 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ކޮލަމްވިއާއިން ވަނީ ޖަޕާންގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެެ.
ނަތީޖޢަކަށްވީ 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ލިބުނު ހިލޭ ޖެހުމެއް ކޮލަމްބިއާގެ ގެންޓޭރޯ ގޯލުގެ ތެރއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކުރުމެވެ.
މި ބޯޅަ ގޯލަށް ވަނަނުދޭން ސަލާމަތްކުރުމަށް ޖަޕާންގެ ކީޕަރު ވަނީ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ސަލާމަތްކުރެވުނު އިރު، ބޯޅަ ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ.
ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ގިނަ އިރު ކުޅެމުންދިޔަ ޖަޕާނުންވަނީ ކޮލަމްބިއާގެ ގޯލަށް ޕްރެޝަރކޮށްފައެވެ. އެހެންނަވެސް ހުރަހަކަށްވީ ކޮލަމްބިއާގެ ގޯލްކީޕަރެވެ.
އެކަމަކު 73 ވަނަ މިނެޓުގައި އޮސާކޯ ވަނީ ލަނޑެއް ޖަހާ ދެވަނަފަހަރަށް ޖަޕާނަށް ލީޑު ނަގާދީފައެވެ.